ފަހުވަގުތު ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީ ޖަހައިގެން ޕީއެސްޖީން ސްޕަ ކަޕް ކާމިޔާބުކޮށްފި
ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޓޮޓެންހަމުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑުޖަހައި (2-2) އެއްވަރުކޮށް ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ ޔުއެފާ ސްޕަ ކަޕްގައި ވާދަކުރަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި، ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ. ސްޕަ ކަޕްގައި ޕީއެސްޖީ ވާދަކުރީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ […]