ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި
ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން މިއަދު ފާހަގަކޮށްފިއެވެ. ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން މިއަދު ފާހަގަކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން ގިރާފައިވާ ސަރަހައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އަޅައި، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ވަނީ ލާފައެވެ. 15.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށް ގެން...