ފެހެންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި
ބ. ފެހެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައި، އެރަށުގައި އަޅާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް މިއަދު ފަށައިފިއެވެ. ފެހެންދޫ އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ބ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ހަތް ވަނަ މަންޒިލެވެ. ފުޅަދޫގައި ބީއެމްއެލްއިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ އެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި ރައީސް މުޢިއްޒެވެ. މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު އެމަ...