ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (4)
ކުރީގެ އަދަދާއި ގުޅޭ: ” ބޭނުމެއް ނޫންތަ؟ ” އޭނާ އެހިއެވެ. ” ތިއީ ހަމަ އަހަންނަށްތަ؟” އަހަރެން އެހީމެވެ. އެ ވަގުތު ޒިޔާދު އެ މާބޮނޑިއަށް ބަލައިލަމުން ބޯ ޖަހާލިއެވެ. ” އަހަރެން ތައިބާދެކެ ލޯބިވާކަން ވެސް މިހާރު ހަނދާން ނެތުނީތަ؟” އޭނާ އެހިއެވެ. ” ލޯބިވެޔޭ، ކުރިން ބުނި ހަނދާނެއް ހުރޭ. އެކަމަކު ޒިޔާދުއަށް ލޯތްބަކީ ކޯއްޗެއް އެނގިގެން ބުނި އެއްޗެއް ނޫން ކަންނޭނގެ އެއީ. ” އަހަންނަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ. ” ކުރިން ވެސް […]