އެމްޓީސީސީން ހޯރަފުށީގެ 3 ވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި
އެމްޓީސީސީން ހއ. ހޯރަފުށީގެ ތިންވަނަ ބެރިއާ އައިލެންޑްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. މި މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި 27،300 ކިއުބިކް މީޓަރުގެ ބިންހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން 210 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް އަދި 210 މީޓަރުގެ ރޮކް އެޕްރަން އެޅުމުގެ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މީގެ އިތުރުން 50 މީޓަރުގެ ގްރޮއިން އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަ...