ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ.އަތޮޅުގެ 4 ރަށަކަށް، 1159 ގަސް ހަދިޔާކޮށްފި
ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް 1159 ގަސް ހަދިޔާކޮށްފިއެވެ. މި ޕްރޮގްރާމްގެ ގަސް ހަދިޔާކޮށްފައިވާ ހަތަރު ރަށަކީ ފުނަދޫ، ޅައިމަގު، ނަރުދޫ އަދި ބިލެތްފައްސެވެ. މި ހަތަރު ރަށަށް ހަދިޔާކޮށްފައިވަނީ ޖުމްލަ ހަތަރު ބާވަތެއްގެ ގަހެވެ. އެއީ ބަނބުކެޔޮ ގަސް، ޖަނބުރޯލު، މުރަނގަ އަދި އަލައެވެ. ފުނަދޫއަށް ޖުމްލަ 292 ގަސް، ޅައިމަގަށް 378 ގަސް، ނަރުދޫއަށް 254 […]