ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ޗައިނާގެ ސިޔާސަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު
ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ޗައިނާގެ ސިޔާސަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށާއި، ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައެވެ. މި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ސަރުކާރަށާއި ރައ...