އިސްރާއީލުން ފްލޮޓިލާ އުޅަނދުތަކަށް އަރައިގަތުމުގައި ހިނގި މުއާމަލާތްތަކުގެ ވީޑިއޯތައް އާންމުކޮށްފި
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުންދިޔަ “ގްލޯބަލް ސުމޫދު ފްލޮޓިލާ” އުޅަނދުތައް ހުއްޓުވުމަށް އިސްރާއީލުގެ ކަނޑުގެ ސިފައިން ކުރި މަސައްކަތްތަކުގެ ވީޑިއޯތައް އިސްރާއީލާއި ފްލޮޓިލާއިން އާންމުކޮށްފިއެވެ. މި ވީޑިއޯތަކުން ދެފަރާތުގެ މެދުގައި ހިނގި ވާހަކަތައް އަޑުއިވޭކަމަށް ”އަލްޖަޒީރާ” އިން ރިޕޯޓުކޮށްފައިވެއެވެ. އިސްރާއީލުގެ ބޭރުގެ ކަންތައްތަކާބެހޭ ވުޒާރާއިން ދޫކޮށްލި ވީޑިއޯއެއްގައި، އިސްރާއީލުގެ ކަނޑުގެ އޮފިސަރަކު ފްލޮޓިލާ އުޅަނދުތަކަށް އިސްރާއީލުގެ އަޝްދޯދު ބަނދަރަށް ދަތުރު ބަދަލުކުރުމ...