ރާއްޖެ-ފަލަސްތީނު މެޗުގެ ފުރަތަމަ ޓިކެޓް ބައްލަވައިގަތީ ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި މި މެޗުގެ ޓިކެޓް އެންމެ ފުރަތަމަ ބައްލަވައިގަތީ ރައީސް މުޢިއްޒެވެ. މި ރަމްޒީ ޓިކެޓު ރައީސް މުޢިއްޒު އާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެފް.އޭ.އެމްގެ ރައީސް އަޙުމަދު ތާރިޤު (ޓޮމް) އެވެ. ދިވެހިރާއްޖެއާއި ފަލަސ...