ސްޓެލްކޯ އިން އަންހެނުންނަށް ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައިފި
އަންހެނުންގެ ހުނަރު އިތުރުކުރުމަށް ހާއްސަކޮށްގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައިފި އެވެ. މި ކޯހަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ އަންހެނުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ ހަތް ބެޗަކަށް ބަހާލައިގެން 116 ބަ...