ކުރީގެ ފަނޑިޔާރު ފައިސަލްގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ހައި ކޯޓުގެ ފަނޑިޔާރުކަމުން އާދީއްތަ ދުވަހު (އިއްޔެ) އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ރޭ ބުނެފި އެވެ. އޭސީސީން ހާމަކުރި ގޮތުގައި، ފައިސަލްގެ މައްޗަށް ތުހުމަތުވާ މި މައްސަލަތައް އެ ތަނަށް ހުށަހެޅުނީ ފުލުހުންގެ ފަރާތުންނެވެ. އެއީ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފަވެއެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަކަމަށް ވެސް ބުނެފަވެއެވެ. ފަނޑިޔާރު...