އިސްރާއީލުގެ ލާއިންސާނީ އައު ނިންމުމެއް، ފަލަސްތީނު މީހުންގެ ހަށިގަނޑުގައި އިލެކްޓްރޯނިކް ޓްރެކިންގް ޑިވައިސް ހަރުކުރަނީ
އިސްރާއީލުގެ އަސްކަރިއްޔާއިން އަލަށް ނެރުނު އަމުރެއްގެ ދަށުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ހަށިގަނޑުގައި އިލެކްޓްރޯނިކް ޓްރެކިންގް ޑިވައިސް (ފާރަވެރިވާ އާލާތްތައް) ހަރުކުރުމުގެ ހުއްދަ އެ ގައުމުން ދީފިއެވެ. މިއީ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިފައި ނުވާ، އަދި ޝަރީއަތެއް ހިންގާ ކުށް ސާބިތުވެފައި ނުވާ އާންމު ރައްޔިތުންނަށް ވަގުތުން ވަގުތަށް ފާރަވެރިވުމަށް ރަސްމީކޮށް ފެށި ނިޒާމެކެވެ. މި އަމުރުގެ ދަށުން، އިދާރީ ގޮތުން ދަތުރުފަތުރު ކުރުން މަނާކޮށްފައިވާ ފަލަސްތީނު މ...