ބައްސާމްގެ އެޕާޓްމެންޓް މައްސަލާގައި އަމިންގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވެއްޖެ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވި ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ދައުލަތުން މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، އެ މުއާމަލާތްތަކުގައި އަމިން ކުންފުނިން އޮޅުވާލުންތަކެއް ގެންގުޅުނު ކަމަށެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެ ކުންފުނީގެ...