ޑޮލަރުގެ އަގު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް، ޓްރަމްޕް އިސްކުރެއްވީ ބޮޑާކަން
އަންގާރަ ދުވަހު ދުނިޔޭގެ މުހިންމު ފައިސާތަކާ އަޅާބަލާއިރު އެމެރިކާ ޑޮލަރުގެ އަގު ވަނީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ނުވެއްޓޭ މިންވަރަށް ދަށަށް ގޮސްފައިކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޑޮލަރުގެ އަގު މާ ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލުކުރުމުން، ޑޮލަރުގެ އަގު ހުރީ “ވަރަށް ރަނގަޅަށް” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ޑޮލަރުގެ އަގު އިތުރަށް ބަލިކަށިވިކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. ޑޮލަރުގެ އަގު ދަށަށް ދިއުމާ ގުޅޭގޮތުން ވިޔަފާރިވެރިނ...