Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

ޕާކިސްތާނުގައި މިސްކިތެއްގައި ބޮމެއް ގޮއްވާލައި 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
Cover Story · Feature Essay

ޕާކިސްތާނުގައި މިސްކިތެއްގައި ބޮމެއް ގޮއްވާލައި 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ އަރިމަތީގައި އޮންނަ ތަރްލައި ސަރަޙައްދުގެ މިސްކިތެއްގައި ހުކުރު ދުވަހު ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން، މަދުވެގެން 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އިސްލާމްއާބާދުގެ ފުލުހުން މަޢުލޫމާތު ދީފައިވަނީ މިސްކިތުގެ ތެރޭގައި ދީފައިވާ މި ހަމަލާއަކީ އަމިއްލައަށް މަރުވެގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ފުލުހުންގެ އިސް އޮފި...

Selected Essays & Island Profiles

ޕާކިސްތާނުގައި މިސްކިތެއްގައި ބޮމެއް ގޮއްވާލައި 31 މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
International

''ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އިސްކުރަނީ އަވަށްޓެރިންނާއި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުން''
Parliament

''ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އިސްކުރަނީ އަވަށްޓެރިންނާއި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުން''

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އަވަށްޓެރި ޤައުމުތަކާއި އިސްލާމީ އުއްމަތުގެ ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ. ރައީސް ވިދާޅުވީ ދައުލަތް ދިފާޢުކުރުމުގައި ޤައުމުގެ ޢަޤީދާއާއި އަމިއްލަވަންތަކަމާއި ދިފާޢީ ލަޝްކަރު ހަރުދަނާވުމާއެކު، ބޭރު ދުނިޔެއާ އޮނ...

"އެޕްސްޓީން މަރެއްނުވޭ! އޭނާ ހުރީ އިސްރާއީލްގައި؟" ކިހާވަރެއްގެ ވާހަކައެއް؟
International

"އެޕްސްޓީން މަރެއްނުވޭ! އޭނާ ހުރީ އިސްރާއީލްގައި؟" ކިހާވަރެއްގެ ވާހަކައެއް؟

ބައެއް ގައުމުތަކުގެ އެހާރާއި މިހާރުގެ ވެރިންނާއި ބޮޑެތި މަހުޖަނުންނާއި އެކި ފަންތީގެ ބާރުގަދަ މީހުންނާއި ގާތް ގުޅުމެއް އޮތްކަން ހާމަވި ލިޔުންތަކުން އެނގޭ އިންސާނީ ވަގުވިޔަފާރިއާއި ކުޑަކުދިންތަކެއް ނަހަމަގޮތުގައި ބޭނުންކޮށް ލާއިންސާނީ ޖަރީމާ ހިންގި ޖެފްރީ އެޕްސްޓީންގެ މަރުގެ މައްސަލައަކީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް މައްސަލައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ، ޖަލުގައި ހުއްކޮށްފައި ހުއްޓާ އޭނާ މަރުވި ކަމަށް ބުނާ ބުނުމާ މެދު އަދިވެސް...

ކަނޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރު ޚިދުމަތަށް ނެރެނީ
Parliament

ކަނޑުގެ އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރު ޚިދުމަތަށް ނެރެނީ

ދިވެހި އަސްކަރިއްޔާއިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އުޅަނދު މިއަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ޤައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި، ދިފާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި...

''ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ޞަދަޤާތެއް''
Column

''ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ޞަދަޤާތެއް''

މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުން ލޭ ހަދިޔާކުރުމަކީ މަތިވެރިވެގެންވާ ޞަދަޤާތެއް ކަމަށާއި، އެއީ އާޚިރަތް ދުވަހުގެ ބިރުވެރިކަމުން މިންޖުވުމަށް އޮތް މަގެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ “މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރިކަން” މި މައުޟޫއަށެވެ. ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، މާތް ﷲގެ އަޅުތަކުންނަށް އެހީތެރިވުމާއި، މުދަލާއި ފައިސާއިން ހޭދަކުރުމަކީ ދަރުމަހުރި ކަންކަމ...

އިޙްތިރާމުކުރުމުގެ ސިފަ އަށަގެންނެވުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށަނީ
Parliament

އިޙްތިރާމުކުރުމުގެ ސިފަ އަށަގެންނެވުމުގެ ޤައުމީ މަޝްރޫޢެއް މިއަހަރު ފަށަނީ

ދިވެހީންގެ މާތް އަޚްލާޤާއި އަދަބުވެރި ގޮތްތައް އިޔާދަކުރުމަށްޓަކައި “އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް” މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ބިނާތަކާއި އިމާރާތްތަކަކީ ތަރިކައިގެ މާއްދީ ބައި ކަމުގައިވީ ނަމަވެސް، ތަރިކައިގެ މާނަވީ ބައި އިޔާދަކުރުމަށް މިއަހަރު ޚާއްޞަ މަސައްކަތްތަކެއް...

އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސެއްކަން އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުވެއްޖެ
International

އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސެއްކަން އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުވެއްޖެ

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ހަފްތާގައި އާންމުކުރި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން، އަބުރުގެއްލިފައިވާ މަހުޖަނު ޖެފްރީ އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާއަށް މަސައްކަތްކޮށްދީފައިވާ މީހެއްކަން ހާމަވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތައް މިލިއަން ސޮފްހާއެއްގެ މައްޗަށް އެކުލެވޭ މި ލިޔެކިޔުންތަކުގައި، އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސެއްކަން އެފް.ބީ.އައި އަށް ސިއްރުން މަޢުލޫމާތުދޭ އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ސަރުކާރުގ...

ހުޅުމާލެ ގްރޭންޑް މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ
Parliament

ހުޅުމާލެ ގްރޭންޑް މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށަނީ

ހުޅުމާލޭގައި “ހުޅުމާލެ ގްރޭންޑް މިސްކިތް” ނަމުގައި ފަޚުރުވެރި ބިނާއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން، އިސްލާމީ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ދެދުނިޔޭގެ ސަލާމަތަކީ މާތްވެގެންވާ...

އައިޑީ ކާޑުގެ ފެންވަރު ރަނގަޅުކޮށް، ބޮޑެތި ބަދަލުތަކަކާއެކު ސްމާޓް ކާޑަކަށް ބަދަލުކުރަނީ
Raajje

އައިޑީ ކާޑުގެ ފެންވަރު ރަނގަޅުކޮށް، ބޮޑެތި ބަދަލުތަކަކާއެކު ސްމާޓް ކާޑަކަށް ބަދަލުކުރަނީ

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ބޮޑެތި ބަދަލުތަކަކާއެކު އެ ކާޑު “ސްމާޓް ކާޑު” އަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސަރުކާރުގެ ހިންގުންތެރިކަން (އެފިޝެންސީ) މަތިކޮށް، ހެޔޮވެރިކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ޑިޖިޓަލައިޒޭޝަން ނިޒާމެއް ޤާއި...