ކުރިއަށް އޮތް 22 މަސް ދުވަހު 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު ނިންމުމުގެ އަމާޒު
ރާއްޖޭގެ 110 ރަށެއްގެ މަގުހެދުމުގެ މަޝްރޫއު، ކުރިއަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ...