އެޕްސްޓީންއާ ގުޅުން އޮތް މެންޑަލްސަން ސަފީރަކަށް އައްޔަންކުރި މައްސަލާގައި ޔޫކޭގެ ބޮޑުވަޒީރުގެ ޗީފް އިސްތިއުފާ ދެއްވައިފި
ޖިންސީ ކުށްތަކެއް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް ޕީޓާ މެންޑަލްސަން، އެމެރިކާގައި ހުންނަވާ އިނގިރޭސި ސަފީރަކަށް އައްޔަންކުރުމާ ގުޅިގެން އުފެދުނު ބޮޑު ފާޑުކިޔުންތަކާ އެކު، ބޮޑުވަޒީރު ކިއަރ ސްޓާމާގެ ޗީފް އޮފް ސްޓާފް މޯގަން މެކްސްވީނީ އާދިއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިނގިރޭސި ބޮޑުވަޒީރުގެ އެންމެ އިސް ސިޔާސީ މުޝީރުގެ މަގާމުގައި ހުންނެވި މެކްސްވީނީ، ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މެންޑަލްސަން އެ މަގާމަށް އައްޔަންކުރުމަކީ ނިންމި ނުބައި ނިންމުމެއް...