ކޮރަޕްޝަން ހިންގާކަމުގެ ހެކި ހުށަހަޅައިފިނަމަ ފިޔަވަޅުއަޅަން ކުޑަކޮށް ވެސް ފަހެއް ނުޖެހޭނަން: ރައީސް
ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ ހެއްކާއެކު ހުށަހަޅައިފިނަމަ، އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމުގައި ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މިކަމުގެ ޔަގީންކަން ދެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ރައީސް މުޢިއްޒު ވިދާޅުވީ، ކޮރަޕްޝަނާއި ވައް...