ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 75 މީހެއްގެ ހަށިގަނޑު ވަޅުލައިފި، އަދިވެސް 8،000 ހަށިގަނޑު ތާށިވެފައި
އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ދާދިފަހުން ފެނުނު ފަލަސްޠީނުގެ 75 މީހެއްގެ ހަށިގަނޑުގެ ބައިތައް އެއްފަހަރާ ވަޅުލައި، ބޮޑު ޖަނާޒާއެއް ބާއްވައިފިއެވެ. އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި މި ޖަނާޒާގެ ހިނގާލުމުގައި ސަތޭކައަކަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ބައިވެރިވެފައިވާއިރު، އެ ހަށިގަނޑުތައް ވަޅުލާފައިވަނީ ޝައިޚް ރަޟްވާން ޤަބުރުސްތާނުގައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި،...