ހަކަތައިގެ މަރުކަޒަށް ހަމަލާދިނުން ފަސްކުރީ އީރާނާ މަޝްވަރާކުރާތީކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާނުން އެކަން ދޮގުކޮށްފި
މުޅި ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ހަމަލާތަކެއް ދިނުން ފަސްކޮށްފައިވަނީ އީރާނާއިއެކު މަޝްވަރާ ކުރިއަށްދާތީކަމަށް އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ވިދާޅުވި ވާހަކަފުޅު އީރާނުން ދޮގުކޮށްފިއެވެ. އެމެރިކާއާއި އީރާނާ ދެމެދު އޮތް ބަހުގެ ހަމަލާތައް އިންތިހާއަށް ވަރުގަދަވެ، މަޝްވަރާގެ މޭޒާ މެދު ދެގައުމުން ދެބަސްވުންތައް ކުރިއަށްދާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި ޖޮއިންޓް ބޭސް އެންޑްރޫސްގައި ބޭއްވި ނޫސްވެރިން...