17 އަހަރަށްފަހު ރާއްޖޭގެ ސާފިން ޓީމް ވޯލްޑް ސާފިން ގޭމްސްއަށް
2002 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ފަރާތުން ރާއްޖޭގެ ޤައުމީ ސާފިންޓީމް ވޯލްޑް ސާފިން ގޭމްސްގައި ބައިވެރިވެއްޖެއެވެ. މިމަހުގެ 7 ން 15 ގެ ނިޔަލަށް ޖާޕާނުގެ މިޔަޒާކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ސާފިން ގޭމްސް 2019 ގައި ބައިވެރިވާ ދިވެހި ޓީމްގައި ހިމެނެނީ މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަލީ އަހްސަން، ސާފިން އެސޯސިއޭޝަންގެ ކޮންޓެސްޓް ޑިރެކްޓަރ އަހުމަދު ރިފާއީ އަބްދުއްސައްތާރު، ޓީމް ގެ މޭނޭޖަރ ނަހްޝަލް ނާސިރު، […]