ޑޯރިއަން ތޫފާނުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެއްޖެ
ބަހާމާސްގެ ރަށްތަކަށާއި އެމެރިކާގެ ބައެއް ސްޓޭޓުތަކަށް އަރާފައިވާ ތޫފާން ޑޯރިއަންގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި އަދިވެސް މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވުން އެކަށީގެންވާކަމަށް، ބަހާމާސްގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ. މި ތޫފާނާ ގުޅިގެން ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު ހުބާޓް މިނިސް ވިދާޅުވީ މިހާތަނަށް މަރުވި މީހުންގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ ހަތް މީހުންކަމުގައެވެ. އެހެންނަމަވެސް، އަދިވެސް މި އަދަދު އިތުރުވުމުގެ ވަރަށް ބޮޑު ފު...