ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ހުޅުވާލުމުން ބޮޑު ތަރުހީބެއް! ފުރުސަތު އިތުރުކޮށްފި
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ސުވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ހުޅުވާލި ފުރުސަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާތީ، އަދި ވަރަށް ގިނަބަޔަކު މިކަމަށް އިތުރު ފުރުސަތަކަށް އެދެމުންދާތީ، އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު 30 ސެޕްޓެންބަރ 2019 ވާ ހޯމަދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފައިވަނީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮ...