ދުނިޔޭގެ ރެކޯޑް މުގުރާލާ "ފްރީ ޑައިވް" ހަރަކާތް، އިންތިޒާމުކޮށްދޭނެ ފަރާތެއް ހޯދަނީ
މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވޯލްޑް ރެކޯޑެއް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ “ފްރީ ޑައިވް” ހަރަކާތް އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މިނިސްޓްރީއިން ފުރަތަމަ ކުރި އިޢުލާނަށް ޝަރުތުހަމަވާ ތިން ފަރާތުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ކުރި އިޢުލާނެކެވެ. މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވ...