ކޮޗިން ދަތުރު: މާލެއިން 150 ޑޮލަރަށް، ހަނިމާދޫއިން 199 ޑޮލަރަށް، ކީއްވެ؟
އިންޑިއާގެ ކޮޗިންއަށް އަންނަ މަހު ގައުމީ އެއާރލައިން، މޯލްޑިވިއަންއިން ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ. އެ ދަތުރުގެ އަގުތައް ވެސް ހާމަކޮށްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ކޮޗިންއަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކޮޗިންއަށް ފްލައިޓްތައް ބާއްވާނެ އެވެ. މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި ވެލާނާ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ޑޮލަރު (2,313 ރުފިޔާ) އަށެވެ. ތިލަދުންމަތީގެ ހަނިމާދޫ އެއާޕޯޓުން ކޮޗިންއަށް ދެކޮޅު ޓިކެޓު ވި...