ކުޅުދުއްފުށީގެ މަގުތައް ދެން ހަދަން ޖެހޭނީ ފަޔަރ ހައިޑްރަންޓް ނެޓްވޯކާއެކު - އާތިފް
ހދ. ކުޅުދުއްފުށީގެ މަގުތައް ދެން ހެދެންވާނީ ފަޔަރ ހައިޑްރަންޓް ނެޓްވަރކެއް ނުވަތަ އަލިފާން ނިއްވުމަށް ބޭނުންވާ ފެން ލިބޭނެ ނިޒާމަކާއެކުގައިކަމަށް، ހދ. އަތޮޅު ކައުންސިލްގެ މެންބަރު، އަޙުމަދު އާތިފް ވިދާޅުވެއްޖެއެވެ. މާލޭގައި ހުރި ކެމިކަލެއް ގުދަނެއްގައި އަލިފާން ރޯވެ، އެކަމާ ގުޅިގެން ގިނަ އިމާރާތްތަކެއްގައި އަލިފާން ރޯވި، ހިތާމަވެރި ހާދިސާއާ ގުޅިގެން އާތިފް، މީސް މީޑިޔާގައި މިހެން ވިދާޅުވިއިރު، އެރަށުގެ މަގުތަކުގައި ފަޔަރ ހައިޑްރަންޓް ނެޓްވަރކް އެޅުމަށް ކުރީ ސަރުކާރުން ދިނީ ބީރު ކަންފަތެއްކަމަށް...