ޤާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް: ހައިލަމް
ޤާނޫނުއަސާސީގެ ފުރަތަމަ ބާބުން ދިވެހި ދައުލަތުގެ 3 ބާރު ވަކިކުރެވިފައިވާއިރު، ޤާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަަށް ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ. ކްރައިމިނަލް ކޯޓްގެ އިސް ފަނޑިޔާރުކަން ކުރަށްވާފައިވާ ހައިލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓެއް ހިއްސާ ކުރަށްވަމުންނެވެ. މަޖިލިސްގެ އެ ޓުވީޓުގައި ބުނެފައިވަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅ...