ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައު ބޭފުޅަކު މިއަދު ޢައްޔަންކުރައްވައިފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވި ހެންވޭރުމާފިޔަ، ޢަބްދުﷲ މުނާޒް އެ މަގާމުން މިއަދު ވަކިކުރައްވައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް، ރ.ކަނދޮޅުދޫ، ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޔަންކުރައްވައިފިއެވެ. ސަރުކާރުން ގެންނެވި މި ބަދަލަކީ ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ގެންނެވި ބަދަލެކެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަ...