ކުޑަކުދިން ހިޔާތަކުގެ ކަނބަލުންގެ ޤުރުބާނީ - ތަފާތު އިހުސާސްއެއް!
ދުނިޔެ ބަނަކޮށްލި ކޯވިޑް-19 ގެ ނުރައްކާ އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހި ޤައުމަށްވެސް ވެރިވެފައިވާ މި ދަނޑިވަޅުގައި އެތައް ބަޔަކު ދަނީ ޤައުމީ މަސައްކަތުގައި ފަސްނުޖެހި ބައިވެރި ވަމުންނެވެ. އަދާ ކުރަމުން ދިޔަ ވަޒީފާއަށް ސަލާމް ނުބުނެ، ޗުއްޓީ ނުނަގައި، ޝަކުވާއެއްނެތި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިންނެއް މިއަދު މިޤައުމުގައި އެބަތިއްބެއެވެ. ފުރަބަންދުގެ މިވަގުތުގައި ތިޔަ އަރިސްތަކަށް މި ގެނެސްދެނީ އޭގެ ތެރެއިން ނުގުޑާ އަޒުމެއްގައި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިން...