އާންމު ހާލަތަށް ބަދަލުވުމަށް ޓާސްކްފޯހެއް އުފައްދަނީ
ކޯވިޑް-19 އިން އާންމު ޙާލަތަށް ރުޖޫޢަވުމަށާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތުން އަރައިގަތުމަށް ޤައުމީ ޓާސްކްފޯހެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އަދި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތަކާއި، އަދި މިދަ...