ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ނިންމާފައިވާކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. އެކައުންސިލުން މިރޭ ކުރި އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި އަންނަނީ ފެތުރެމުންކަމަށާއި އަދި މިސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަ...