ރަށަށް ދިއުމުގައި އަވަސް އަރުވާލައިފި ނަމަ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ: މަބްރޫކު
މިހާލަތުގައި މާލެ ފަދަ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކުން ރަށްރަށަށް މީހުން ދާން ފަށައިފިނަމަ މުޅި ރާއްޖެއަށް ވައިރަސް ފެތުރުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ކޯވިޑް-19 ޓާސްކު ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މީހުންނަށް ރަށްރަށަށް ދިއުމުގެ ފުރުސަތު ދެވޭނީ ވަކި މިންގަނޑުތަކެއް ކަނޑައަޅައިގެން، ކޮންޓްރޯލު ކޮށްގެން ކަމަށެވެ. “އަވަސް އަރުވާލައ...