ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް އަރައިފި
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 551 އަށް އަރައިފި އެވެ. އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ، މިރޭ 11:45އާ ހަމައަށް އިތުރު 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 24 އެވެ. ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ފަސް ބަންގްލަދޭޝް މީހުންނާއި ފަސް ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 551 […]