ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް ފޮނުވާ އާރުޓީއައި ތަކަށް ޖަވާބުދޭނަން: ތަރުޖަމާނު
ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް އަދި ޒިންމާދާރު ކަމާ އެކު ހުށަހަޅާ މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ހުށަހެޅުންތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ދެއްވައިފިއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައި ހުށަހެޅުމު...