މާލޭ ސިޓީ މޭޔަރުގެ އިތުބާރުގެ މައްސަލަ ހުށަހަޅައިފި
މާލެސިޓީގެ މޭޔަރު ސިފާ މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިއެވެ. ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީނެވެ. މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްވީ 9 މެންބަރުންގެ ވޯޓުންނެވެ. އަދި މޭޔަރު ކައުންސިލް ހިންގެވުމަށް އިހުމާލެވެވަޑައިގެންފައި ވާތީ އެކަމަށް ޖަވާބުދާރިވުމަށް 10 ދުވަހުގެ މުހުލަތެއް ދިނުމަށް މިބައްދަލުވުމުގައި ވަނީ ނިންމާ...