ޕީއެސްޖީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް
ުޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުން މޮޅުވެ ފްރާންސްގެ ޕީއެސްޖީ އެ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފިއެވެ. ޕީއެސްޖީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނުގެ އާރުބީ ލެއިޕްޒީގްގެ މައްޗަށް 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ޕީއެސްޖީއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު […]