ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި "ސޭވް ނޭކުރެންދޫ ކަނޑޫފާ" ހޭޝްޓެގް
ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ހދ. ނޭކުރެންދޫ ކައުންސިލުގެ ރަސްމީ ލިޔުންތަކުގައި “ސޭވް ނޭކުރެންދޫ ކަނޑޫފާ” ހޭޝްޓެގް ބޭނުން ކުރަން ނިންމައިފިއެވެ. ނޭކުރެންދޫ ކައުންސިލުން މި ނިންމުން ނިންމީ ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމާއި ސޭވް ނޭކުރެންދޫ ކަނޑޫފާ ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން ކަމަށް އެ ކައުންސިލުން ވަަނީ ބުނެފައެވެ. “ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ މަރުވަމުންދާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލ...