ޗައިނާއިން އެހީ ވަނީ ދެ ޤައުމުގެ ވެސް މަންފާއަށް: ޗައިނާ ސަފީރު
ޗައިނާއިން ޤައުމުތަކަށް އެހީ ވަނީ ދެ ޤައުމުގެވެސް މަންފާއަށް ކަމަށާއި، ޗައިނާގެ ވިސްނުމަކީ ތަރައްގީއަށް އެހީތެރިވާ އެހެން ގައުމުތަކާއި ދެކޮޅުވުން ނޫންކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ. ސަފީރު މިގޮތަށް ވިދާޅުވީ ކުރަށްވާފައިވާ ޓްވީޓެއްގައި “ރާއްޖެ ކާމިޔާބު ކުރުމުގެ މެޗުން އިންޑިއާއަށް މޮޅުވެވިދާނެތޯ” ސުވާލުކޮށް އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ ދަ ޑިޕްލޮމެޓް ގައި ލިޔެފައިވާ މަޒުމޫނެއް ހިއްސާ ކުރެއްވުމަށް ފަހު އެވެ. އެ ލިޔުން ހިއްސާ...