އުތުރު ސްޕޯޓްސް ކްލަބު: އުތީމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އައު ކްލަބެއް
ހއ. އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، އުތީމުގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ”އުތުރު ސްޕޯޓްސް ކްލަބު”ގެ ނަމުގައި އައު ކްލަބެއް އުފަށްދައިފިއެވެ. ”އުތުރު ސްޕޯޓްސް ކްލަބު” ރަޖިސްޓަރީ ކޮށްފައި ވަނީ 6 އޮކްޓޫބަރ 2020 ގައި އެވެ. މިކްލަބް ރަޖިސްޓަރީ ކުރެވުނު އިރު މިކްލަބްގައި 58 މެންބަރުން ތިބިކަމަށް އެ ކްލަބްގެ ފުރަތަމަ ރައީސް އަޙްމަދު ޞަބާޙް ބުންޏެވެ. އުތީމު ”އުތުރު ސްޕޯޓްސް ކްލަބު”ގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން”އަށް ބުނީ އެ ކްލަބަކީ އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަ...