އުތުރުގެ ޕޮލިސް ކްލަސްޓާ: ފޯކައިދޫން 11 ސާމްޕަލެއް ނަގައިފި
ށ. ފޯކައިދޫއިން އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާއި ސީދާ ބައްދަލުވި 11 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ފޯކައިދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ 08 އޮކްޓޯބަރ 2020 ގައި އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހާގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ 11 މީހެއްގެ ސާމްޕަލް ނެގިފައި ވާކަމަށެވެ. މި ސާމްޕަލްތަކުގެ ނަތީޖާ މިރޭ ނުވަތަ މާދަމާ ހެނދުނަށް ލިބޭވަރުވާނެ ކަމަށް ވެސް ފޯކައިދޫ ސިއްހީ މަރުކަޒުން ބުންޏެވެ. ފޯކައިދޫން ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވީ، މިމަހުގެ […]