ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް
2020 ވަނަ އަހަރު ފަސްދީ ދިޔައިރު، އެ އަހަރު ވެގެން ދިޔައީ ހދ. ހަނިމާދޫގެ ރައްޔިތުންކުރެ ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި، ގޯތީގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް ހޭދަކުރި އިތުރު އަހަރެއްގެ ގޮތުގައެވެ. ހަނިމާދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެހެން ކަމުން މިއަހަރު ނިމިގެންދިޔައިރު، އެންމެ ފަހުން ހަނިމާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރިތާ 10 އަހަރު ފާއިތުވީއެވެ. ބިމުގެގޮތުން ބެލިޔަސް ގޯތި ނުދެވޭނެ އެއްވެސް ސަބަބެއްނެތް ހދ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބަލާއިރު...