ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް...