ޔުނައިޓެޑުން ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަންވިލާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން ޔުނައިޓެޑުން އަރާ ހަމަކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަަަހަމަ ކުޅުމެކެވެ. ގިނަ ހަމަލާތަކެއް ދެ ޓީމުން ވެސް އިދިކޮޅު ގޯލަށް އަ...