ބެލްޖިއަމްގެ ފޯވާޑް ޖެރެމީ ޑޮކޫއަށް ފިރިހެން ކުއްޖަކު ލިބިއްޖެ
ބެލްޖިއަމްގެ ފޯވާޑް ޖެރެމީ ޑޮކޫއަށް ފިރިހެން ކުއްޖަކު ލިބުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާއަށް މަރުހަބާ ކިޔައިފިއެވެ. ޑޮކޫގެ ދަރިފުޅަށް ކިޔާފައިވަނީ ޕްރެއިސް އެވެ. މި އުފާވެރި ޚަބަރު ލިބިފައިވަނީ، ދަރިފުޅު އުފަންވާއިރު އެތަނުގައި ހުރުމަށް ޑޮކޫ ވޯލްޑް ކަޕް ދޫކޮށް ދިއުމަށް ނިންމުމާ ގުޅިގެން ފްރާންސްގެ ކޮމެންޓޭޓަރަކު އޭނާއަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގައެވެ. ނޭވާލާ ނިޒާމުގެ ބައްޔެއްގެ ސަބަބުން އާދީއްތަ ދުވަހު އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި ޑޮކޫ ބައިވެރިވެފައެއް ނުވެއެވެ. ނަމަވެ...