ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ކޭއާރުއެޗުގައި ހާއްސަ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމެއް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ހާއްސަ ސާޖިކަލް އައުޓްރީޗް ޕްރޮގްރާމެއް ބޭއްވުމަށް ނިންމައި، އެ ޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ކޭއާރުއެޗާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 9 އިން 11 ޖުލައި 2026 އަށެވެ. މި ކޭމްޕުގައި ތަޖުރިބާކާރު ސްޕެޝަލިސްޓުންގެ ޓީމަކުން ބައިވެރިވާއިރު، މި ޓީމުން ބަލިމީހުން ބަލައި ސްޕެޝަލިސްޓް ކޮންސަ...