ވޯލްޑް ކަޕެއްގައި 24 އަހަރުފަހު އެމެރިކާ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ގައުމެއް އަތުން މޮޅުވެއްޖެ
ވޯލްޑް ކަޕް 2026 ގަދަ 32 ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ 2-0 އިން ބަލިކޮށް، އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ. މި މޮޅާއެކު އަމިއްލަ ގައުމުގައި ބާއްވާ މި މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އެމެރިކާއިން ވަނީ ދަމަހައްޓާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ފޯލަރިން ބަލޮގުން ވަނީ އެމެރިކާއަށް ލީޑު ނަގައިދީފައެވެ. މިއީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. ނަމަވެސް، […]