''ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު'' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ “ބޮޑުތިލަދުންމަތީ ބޮޑު ބާޒާރު” ގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ހާމަކުރާ ގޮތުގައި، މި ބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އިން އޮކްޓޯބަރު 04 ގެ ނިޔަލަށެވެ. މި ހަރަކާތަކީ ބޮޑުތިލަދުންމަތީގެ ވިޔަފާރި މާހައުލު ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދ...