ރައީސް ގަތަރަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ތައުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޤަޠަރުގެ މިހާރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި ޝާހީ ޢާއިލާއަށް ބައްދަލުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރަ...