ހއ.އަތޮޅު އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ބައިވެރިން: ފާތިމަތު ލުޖައިން އިބްރާހިމް
ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ހަވީރީފިނި، ފާތިމަތު ލުޖައިން އިބްރާހިމްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެންފަށައި މުބާރާތްތަކުގައި ވާދަކުރަމުން އައިސްފައިވާ ކުއްޖެކެވެ. މުބާރާތްތަކުން ލިބެމުންދިޔަ ކާމިޔާބީތަކުގެ ސަބަބުން އޭނާގެ ހިތުގައި ޤުރުއާން ކިޔެވުމަށް އިތުރަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ލުޖައިން މި މުބާރާތުގައި ވާދަކުރަން ޝައުގުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ މި...