''އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ކާބޯތަކެތި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދުން''
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ރ. އަތޮޅުގެ ހަތަރު ވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު އިނގުރައިދޫ ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ”ފުޑް ސެކިއުރިޓީ” ޤާއިމުކުރުމަށް މި ސަރުކާރުން ކުރަމ...